ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެކްސިޑެންޓު ހިނގާފައި ވަނީ ފުވައްމުލަކު ފުނާޑު އަވަށުގައެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގީ އެ އަވަށުގެ ހުސްނުހީނާ މަގުން އެ ކުއްޖާ ދުއްވި ސައިކަލު ފާރުގައި ޖެހި ކޮންޓްރޯލް ނުވެ މަގުބައްތިއެއްގައި ޖެހިގެން ކަމަށެވެ. ފުލުހުންނަށް އެ އެކްސިޑެންޓުގެ ރިޕޯޓު ލިބުނީ ރޭ ދަންވަރު 2:40 ހާއިރުއެވެ.
އެ ކުއްޖާ ނިޔާވީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 3:38 ހާއިރުއެވެ.
މާލޭގައި މިދިޔަ މަހުގެ 13ވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި ވެސް 17 އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައެވެ. އެ ހާދިސާގައި ނިޔާވީ ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ