ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ޖުޑިޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާނު މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން މަގާމަށް ކުރިމަތިލެއްވީ ޣަނީގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.
މި ބޭފުޅުންގެ ތެރެއިން އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާ ދީފައި ވަނީ ޣަނީ އައްޔަން ކުރުމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވެވީ ޖޭއެސްސީން ލަފާދިން ތަރުތީބަށެވެ. ޖުޑީޝަރީ ކޮމެޓީއަށް މައްސަލަ ފޮނުވުމުން އެ ކޮމެޓީގެ މެންބަރުންގެ އިއްތިފާގުން ނިންމީ ޣަނީ އެ މަގާމަށް އައްޔަން ކުރަން ފާސްކުރުމަށެވެ.
ޣަނީ އަކީ ކުރިން މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ. އެއީ 2000ވަނަ އަހަރުން ފެށިގެން 2004ވަނަ އަހަރާއި ހަމައަށެވެ. އަދި ހައިކޯޓުގެ ފަނޑިޔާރުކަން 2004ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާއި ހަމައަށް ކުރެއްވިއެވެ. ސުޕްރީމް ކޯޓަށް ޣަނީ އައްޔަން ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭރު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން އެ ކޯޓުގެ ބައެއް ފަނޑިޔާރުން ހައްޔަރުކޮށް އެ މަގާމުތައް ހުސްވުމުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ޣަނީ ހުންނެވީ 2018ވަނަ އަހަރުން ފެށިގެން 2019ވަނަ އަހަރުގެ ޑިސެމްބަރު މަހާއި ހަމައަށެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ