ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަކީ މުޅި ލާމަރުކަޒީ ނިޒާމުގެ ނިމުމުގެ ފެށުން ކަމަށް ވެދާނެކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު އާޒިމް ވިދާޅުވެފައިވަނީ، މި އިސްލާހުތަކުގެ މައިގަނޑު މަޤްސަދަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކައުންސިލްތަކުގެ މަސައްކަތްތައް ހުއްޓުވާލުމާއެކު، ކައުންސިލްތަކުގެ އަތްތައް ބަނދެލުން ކަމަށެވެ. އަދި މި އިސްލާހުތަކުގެ ސަބަބުން ރައްޔިތުން މި ނިޒާމާމެދު ފޫހިވެ، މައި ސަރުކާރަށް ބަރޯސާވާން ޖެހޭނެކަން ހަނދާންކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.
"ކައުންސިލްތަކުގެ އަމިއްލަ އާމްދަނީ ބޭނުންކޮށްގެން ވިޔަސް، އަދި އެހެން ފަރާތްތަކާ ގުޅިގެން ވިޔަސް އެއްވެސް ކަމެއް ކުރިޔަށް ގެންދިއުމަށް ހުރަސްއެޅި، ސީދާ ފިނޭންސް މިނިސްޓްރީއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބާރުގެ ދަށަށް ކައުންސިލްތައް ގެނައުމަށް މި އިސްލާހުތަކުން މަގުފަހިވެގެންދާނެ،" މޭޔަރު އާޒިމް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ މާލީ މިނިވަންކަން ގެއްލޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ޕީއެންސީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައި ބިލެއް ހުށަހަޅާފައެވެ. އެގޮތުން ކައުންސިލްތަކުން އުފައްދާ ކުންފުނިތަކުން، އަމިއްލަ ފަރާތަކުން ކުރަމުންދާ އިގުތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިތައް ނުކުރުމަށާއި ކައުންސިލްގެ ދައުރު ހަމަވާން އެއް އަހަރަށްވުމުން، މުވައްޒަފުން ނަގާނަމަ، ސަރުކާރުގެ ހުއްދަ ހޯދަން މަޖުބޫރުކުރުން ހިމެނެއެވެ.
މޭޔަރު އާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ އެހެން ޤައުމުތަކުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީތަކުން މަސައްކަތް ކުރަނީ ކައުންސިލްތަކުގެ ބާރު ވަރުގަދަކޮށް، ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށެވެ. ނަމަވެސް ރާއްޖޭގައި މިހާރު މަސައްކަތް ކުރަމުންދަނީ ކައުންސިލްތަކުގެ މަސައްކަތް އެއް އަހަރު ދުވަހަށް ހުއްޓުވާލުމަށް ކަމަށް ވިދާޅުވިއެވެ.
މި އިސްލާހުތަކަކީ އިޚްލާސްތެރި ނިޔަތެއްގައި ގެނެވޭ އިސްލާހުތަކެއް ނަމަ، އިންތިޚާބާ ކައިރިވުމާއެކު އިތުރު ޕްރޮޖެކްޓްތައް ނުހިންގުމަށާއި، ވަޒީފާތަކަށް މީހުން ނުނެގުމަށް ސަރުކާރަށްވެސް އެއްބަސްވެވޭނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ. ނަމަވެސް މިހާރުވެސް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުގެ އެސްއޯއީތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމަށް ލިސްޓުތައް ތައްޔާރުކުރަމުންދާ ކަމަށް ޚަބަރު ލިބިފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ