މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ހަންގޭރީގެ ޚާރިޖީ ވަޒީރު ޕީޓަރ ސިހާޓޯއާއި ބައްދަލުކުރައްވައިފިއެވެ.
ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައި އިއްޔެ އޮތް މި ބައްދަލުކުރެއްވުމުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ބެހެ ގޮތުންނާއި، ސުލްހައަށް ދުނިޔެ ބޭނުންވެފައިވާ މިންވަރާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ޝާހިދުގެ ޚާރިޖީ ވަޒީރުކަމުގައި އެކި ފަހަރުމަތިން ހަންގޭރީގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރެއްވިއެވެ. އަދި 2022 ވަނަ އަހަރު، ސިހާޓޯ ވަނީ ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވާފައެވެ.
ޝާހިދުގެ ޚާރިޖީ ވަޒީރުކަމުގައި ހަންގޭރީއާއެކު ކުރެވުނު މަޝްވަރާތަކުން ހަންގޭރީއިން ދިވެހިރާއްޖެއަށް ކޮންމެ އަހަރަކު 15 ސްކޮލަރޝިޕް ދިނުމުގެ އެއްބަސްވުމެއްގައި 2021 ވަނަ އަހަރު އެމްޑީޕީ ސަރުކާރުގައި ސޮއެކުރިއެވެ. އަދި 2022 ވަނަ އަހަރު ޝާހިދުގެ ދައުވަތަކަށް ސިހާޓޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، މި އެއްބަސްވުން އައުކުރެވި، ކޮންމެ އަހަރަކު ދޭ ސްކޮލަރޝިޕްތަކުގެ އަދަދު 25 އަށް އިތުރުކުރެވުނެވެ.
މި ސްކޮލަރޝިޕް ސްކީމްގެ ދަށުން މިހާރުވެސް ހަންގޭރީއަށް ދަރިވަރުން ކިޔަވަންދެއެވެ.ހަންގޭރީ ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދުނިޔެއަށް ދިމާވެފައިވާ ހަނގުރާމައިގެ ހާލަތްތަކާއި ބެހޭ ގޮތުންނާއި، ދޭދޭ ގައުމުތަކުގެ މެދުގައި މަޝްވަރާތައް ކުރުމުގައި އދގެ މެދުވެރިއެއްގެ ދައުރާއި ބެހޭ ގޮތުން އދގެ އާއްމު މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުއާއި މަޝްވަރާކުރެއްވިކަމަށް ސިހާޓޯ އެކްސް ގައި ޕޯސްޓްކުރެއްވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ