ލ. މާވަށުގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ
އެ މާރާމާރީގައި މަރުވެފައި ވަނީ ލ. މާވަށު، މޫސާ އިބްރާހިމް، 29، އެވެ. މޫސަ މަރާލި ކަމަށް ތުހުމަތު ކުރެވެނީ ހދ. ނޮޅިވަރަމްފަރު، މުހައްމަދު އިބްރާހިމް، 29އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެ މާރާމާރީއަކީ ދެމީހެއްގެ މެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށެވެ.
މުހައްމަދު އިބްރާހީމްގެ ބަންދާއި ގުޅޭ ގޮތުން ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފައިވެއެވެ.
ފުލުހުން މިހާރު ވަނީ މޫސަ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ހަތިޔާރުވެސް ހޯދައިފައެވެ. ފުލުހުން ބުނީ މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ހޯދީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެން ހޯދާފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ މުހައްމަދު އިބްރާހީމަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ