ލ. މާވަށުގައި ހިންގި މާރާމާރީއެއްގައި މަރާލި ޒުވާނާގެ ހަށިގަނޑު އިތުރު ތަހުލީލުތައް ކުރުމަށް މާލެ ގެނެސްފިއެވެ.
އެ މާރާމާރީގައި މަރުވެފައި ވަނީ ލ. މާވަށު، މޫސާ އިބްރާހިމް، 29، އެވެ. މޫސަ މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ މީހަކުވެސް ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައި ވަނީ ހދ. ނޮޅިވަރަމްފަރު، މުހައްމަދު އިބްރާހިމް، 29އެވެ.
އެ މާރާމާރީ ހިންގިކަމުގެ މައުލުމާތު ފުލުހުންނަށް ލިބުނީ އިއްޔެގެ ހެނދުނު 10:12 އެހާކަންހާއިރު ކަމަށާއި ޒަހަމްވި ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ހެނދުނު ބުނީ މޫސަގެ ހަށިގަނޑު ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ކުރުމަށް ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ.
ފުލުހުން މިހާރު ވަނީ މޫސަ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ހަތިޔާރުވެސް ހޯދައިފައެވެ. ފުލުހުން ބުނީ މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ހޯދީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެން ހޯދާފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ މުހައްމަދު އިބްރާހީމަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.
ނަޝީދު އަލީއަށް ތާއިދުކޮށް، ހަރުގޭގައި ދެ މިނެޓްގެ ވާހަކަކޮޅެއް
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން