ލ. މާވަށުގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު މަރާލި ވަޅި ފުލުހުން ހޯދައިފިއެވެ.
އެ މައްސަލާގައި މީހަކުވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައި ވަނީ ހދ. ނޮޅިވަރަމްފަރު، މުހައްމަދު އިބްރާހިމް، 29އެވެ. އެ މާރާމާރީގައި މަރުވެފައި ވަނީ ލ. މާވަށު، މޫސާ އިބްރާހިމް، 29، އެވެ.
މޫސަ މަރާލަން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރު ހޯދާފައި ވަނީ މުހައްމަދު އިބްރާހީމް ހައްޔަރު ކުރުމަށްފަހު ފަށާފައިވާ ތަހުގީގުގެ ތެރެއިންނެވެ.
ފުލުހުން މިރޭ ބުނީ މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ހޯދީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެން ހޯދާފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ މުހައްމަދު އިބްރާހީމަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.
މާރާމާރީ ހިންގިކަމުގެ މައުލުމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:12 އެހާކަންހާއިރު ކަމަށާއި ޒަހަމްވި ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަޝީދު އަލީއަށް ތާއިދުކޮށް، ހަރުގޭގައި ދެ މިނެޓްގެ ވާހަކަކޮޅެއް
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން