ރާއްޖެ އޮންނާނީ އަބަދުވެސް ލަންކާއާއެކުގައި ކަމަށާއި ދެގައުމުގެ ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވަވައިފިއެވެ.
ލަންކާގެ ރައީސް ޑިސަނަޔަކެ ރާއްޖެ އަށް މިއަދު ވަނީ ވަޑައިގެންފައެވެ. އެމަނިކުފާނު ރާއްޖެ އަށް މި ކުރައްވާ ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަކަށް ކުރައްވަވާ ދަތުރުފުޅެކެވެ. އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވަވާ ދަތުރުފުޅެކެވެ.
ލަންކާގެ ރައީސް ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް މުއިއްޒެވެ. އަދި މިއަދު މެންދުރުގެ ވަގުތެއްގައި ދިވެހި ސަރުކާރުން ވަނީ ރަސްމީކޮށް ސްރީލަންކާ އަށް މަރުހަބާ ދަންނަވާފައެވެ. އެ ރަސްމިއްޔާތު އޮތީ ޖުމްހޫރީ މައިދާނުގައެވެ.
އެ އަށްފަހު ރައީސް އޮފީހަށް ވަޑައިގެން އިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ލަންކާގެ ރައީސް ވަނީ ސޮއި ކުރައްވާފައެވެ. އަދި ދެގައުމުން ވަނީ ރަސްމީ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެވެ.
މަޝްވަރާތަކަށް ފަހު ރާއްޖެ އާއި ލަންކާގެ ރައީސް ގުޅިގެން ދެއްވި ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، ދެގައުމުގެ ވިސްނުން ވެސް ހުރީ އެއްގޮތަށް ކަމަށެވެ. އެގޮތުން ދެގައުމުން ވެސް އިސްކަން ދެނީ ސަރަހައްދުގެ ސުލްހައަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ލަންކާ އާއި އެގައުމުގެ ރައްޔިތުންނަކީ އަބަދުވެސް ރާއްޖެއަށް ދެގޮތެއް ނުވެ އޮތް ގައުމެއްކަން ފާހަގަކުރައްވަވާ ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެ ވެސް އޮންނާނީ ލަންކާއާ އެކުގައި ކަމަށެވެ.
ރާއްޖެ އާއި ލަންކާއާ ދެގައުމުން ވަނީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އެގޮތުން ފާހަގަކުރެވުނު އެންމެ މުހިއްމު އެއްބަސްވުމަކީ ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ