ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަން ދިނުމުގައި އަބަދުވެސް އޮޕެކް ފަންޑުން ދެމި އޮންނާނެ ކަމަށް އެ ފަންޑުގެ ރައީސް އަބްދުލްހަމީދު އަލްހަލީފާ ވިދާޅުވެއްޖެއެވެ.
އޮޕެކް ފަންޑުގެ ރައީސް އިއްޔެގެ ވަގުތެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައިފައެވެ. އޮޕެކް ފަންޑުގެ ރައީސް ރާއްޖެ ވަޑައިގެންފައި ވަނީ ރޭ ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމުހޫރިއްޔާ ވަނީ އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުން އަބަދުވެސް ދެއްވަމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ހާއްސަކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު އަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކުރިއަށް އޮތްތަނުގައި ވެސް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި، އިޔާދަކުރަނިވި ހަކަތައިގެދާއިރާ، ފެނާއި ނަރުދަމާ އަދި އުމްރާނީ ތަރައްޤީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ރައީސް، ވަނީ ރާއްޖެއާއި އޮޕެކް ފަންޑާއި ދެމެދުގައި އޮތް ފަންސާސް އަހަރާއި ގާތްވެފައިވާ ގުޅުން ފާހަގަކުރައްވައިފައެވެ.
އޮޕެކް ފަންޑުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގެ ތަރައްގީ އަށް 50 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދީފައެވެ.
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް