ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ވަނީ އެ ދެ މީހުން އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ މައްސަލާގައި އެ މީހުންގެ ވީޑިއޯ އާއްމުކޮށްފައެވެ. އެ އެކްސިޑެންޓު ހިނގާފައި ވަނީ މިމަހުގެ 24ވަނަ ދުވަހުގެ ރޭ ދަންވަރު 2:00ގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވިނަރެސް 1 ކައިރިންނެވެ.
އެކްސިޑެންޓު ހިނގާފައި ވަނީ ކާރަކާއި ޕިކަޕެއް ޖެހިގެންނެވެ. ފުލުހުން ހޯދަމުން ދަނީ ކާރުގައި ތިބި ދެ މީހުންނެވެ.
އެ ކާރުގައި ތިބި ދެ މީހުން ވަނީ މީހުން މަދު ހިސާބަކަށް ކާރުގައި ދުއްވާފައި ގޮސްފައެވެ. އަދި އެތަނުން އެމީހުން ކާރުން ފައިބައިގެން ކާރަށް ލިބުނު ގެއްލުންތައް ބަލާތަން ފުލުހުން އާއްމު ކޮށްފައިވާ ވީޑިއޯ އިން ފެނެއެވެ.
އެ މީހުންގެ ކައިރި އަށް އެޗްޑީސީގެ ޓީޝާޓެއް ލައިގެން ހުރި ފިރިހެނަކު ދާ މަންޒަރުވެސް ފުލުހުންގެ ވީޑިއޯ އިން ފެނެއެވެ. ފުލުހުން ވަނީ ކާރުގައި ތިބި ދެ މީހުން ދެނެގަނެވިފައި ނުވާތީ އެ މީހުން ހޯދުމަށް އާއްމުންގެ އެހީއަށް އެދިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ