ނ. ފޮއްދޫގެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އާބާދީގައި 500އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ފޮއްދޫގެ ލަފާ ފުރުމަށް މިހާރު އޮންނަނީ ކޮންކްރީޓު ޖެޓީއެކެވެ. އެކަން ހައްލު ކޮށްދިނުމަށް ކޮންމެ ސަރުކާރަކަށް ވެސް ރައްޔިތުން ވަނީ ބަނދަރެއް ނެތުމުން އުފުލަން ޖެހޭ ތަކުލީފުތަކާއި ކަންބޮޑުވުންތައް ހިއްސާ ކޮށްފައެވެ.
ފޮއްދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅުގެ 13 ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ ފުރަތަމަ މަންޒިލަކަށް އެރަށަށް ވަޑައިގެންނެވެ. އެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބެވެ.
ފޮއްދޫ ރައްޔިތުންނާއި ރައީސް މުއިއްޒު ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި އެރަށު ކައުންސިލްގެ ރައީސް މުހައްމަދު މޫސާ ވިދާޅުވީ ރަށުގައި ބަނދަރެއް ނެތި ލަފާފުރާނެ ރަނގަޅު ގޮތެއް ނެތި އެރަށު ރައްޔިތުން އުޅެމުން އަންނަތާ 40 އަހަރުވެއްޖެ ކަމަށެވެ. ބަނދަރުގެ މަސައްކަތް ފެށިގެން ދިއުމަކީ އެ 40 އަހަރުގެ އުއްމީދު ހަގީގަތަކަށް ވެގެން ދިއުން ކަމަށް ވިދާޅުވިއެވެ.
ފޮއްދޫ ބަނދަރު ހަދަމުން އަންނަނީ އެމްޓީސީސީންނެވެ. އެ ބަނދަރު ތަރައްގީ ކުރަމުން އަންނަނީ 53.7 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް 390 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް