ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާގެ އާއިލާއާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިހާރު ނ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޮޅުދޫ އަށް ވަޑައިގެން ވަގުތު ޒަކިއްޔާގެ އާއިލާ އިން އިންސާފު ހޯދުމަށް ގޮވާލަމުން ނިކުތް ވަގުތު، އެ އާއިލާގެ އެދުމުގެ މަތިންނެވެ.
ރައީސް އޮފީހުން މިރޭ ބުނީ އެ ބޭފުޅުންނަށް ވަކިން ދައުވަތު ދެއްވައިގެން، ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި އެ ބައްދަލުކުރެއްވުން އޮތީ ހޮޅުދޫ ކައުންސިލް އިދާރާގެ ކުރިމަތީގައި ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންގެ ހުރިހާ ވާހަކަތަކެއް އަޑު އައްސަވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުއޫރު ފާޅުކުރި ރައްޔިތުންނާއި އަދި ޒަކިއްޔާ މޫސާގެ އާއިލާގެ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތަކާ ގުޅިގެން އިތުރަށް ކަންކަން އޮޅުންފިލުއްވައިފައެވެ. އަދި ސަރުކާރުން ހުއްޓުމެއް ނެތި އެކަމުގައި މަސައްކަތް ކުރަމުން އަންނަކަންވެސް ސާފުކޮށްދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޒަހަމްތަކަކާ އެކު ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނުއެވެ. އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް އެންއައިސީން އަންނަނީ ބަލަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ