މިދިޔަ ހަފްތާގެ ހުކުރު ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ އުމުރުން 30 އަހަރުގެ ގ. ގާނެޓް، ހަސަން ޔާމީން ވަނީ ބްރިޖު މަތިން މޫދަށް ފުންމާލާފައި ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމީނަށް ވީ ގޮތެއް ބަލަން ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖްތަކެއް ބަލާފައިވާ އިރު، އޭނަ ބްރިޖް މަތިން ފުންމައިލާ މަންޒަރު ފުޓޭޖަކުން ފެނިފައިވާ ކަމަށެވެ. އެއީ މި މަހުގެ 13 ވަނަ ދުވަހުގެ މެންދަމު 3:24 ގައި ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ މެރި ން ފުލުހުންނާއި އެމްްއެންޑީއެފްގެ ކޯސްޓްގާޑް ގުޅިގެން ޔާމީން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައުލޫމާތު އާއިލާއާ ވެސް މިހާރު ހިއްސާކޮށްފައިވާ ކަމަށާއި ތަހުގީގު ޓީމުން އާއިލާއާ އެކީ ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން
ބީއެމްއެލްގެ ހައުސިން ޕްރޮޖެކްޓަށް 720 ޔުނިޓު އިތުރުކުރަނީ
ފަސް ކޮންޓެއިނަރުގެ ތެރެއިން ދެ ކޮންޓެއިނަރު ފެނިއްޖެ
ރައީސް މުއިއްޒު އަދި ސަރުކާރާ ގުޅޭ ބޮޑު ތުހުމަތެއް މުންދު ދޮގުކޮށްފި