އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން އެ މަގާމުން ރިޓަޔާ ކުރެއްވުމުން، އެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 29އާ ހަމައަށް އޮންނާނެ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލާ ފަރާތަކީ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބބު ކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ މީހަކަށް ވެގެން ނުވާނެއެވެ. އަދި ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ވެސް ވެގެން ނުވާނެއެވެ. މީގެއިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެސް ވެގެން ނުވާނެއެވެ.
އެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރު ވެފައިވާ މީހުންނަށެވެ. އެ މަގާމަށް ކުރިމަތިލާ މީހަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށްވެސް ވާންޖެހެއެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމުން ރިޓަޔާ ކުރެއްވި މުއުތަސިމް އަދުނާނަކީ 2010ވަނަ އަހަރުން 2014ވަނަ އަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އުއްތަމަ ފަނޑިޔާރަކަށް ވަޑައިގަތީ 2019ވަނަ އަހަރުއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ