ބޮލަށާއި ލޮލަށް ދީފައިވާ ފުން ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް، ރޭ ނިޔާވި އއ.މާޅޮސް، އޯކިޑްމާގެ، އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާ އަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު ބުނީ އަބްދުއްރަހުމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިއަދު އިންޑިއާގެ ޓްރިވެންޑްރަމް އަށް ފޮނުވާލާފައިވާ ކަމަށެވެ.
އޭނާ ނިޔާވީ މިމަހުގެ 12ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ. ޖެހިގެން އައި އާދީއްތަ ދުވަހު އޭނާގެ ހަށިގަނޑު އިތުރު ތަހުލީލުތައް ކުރުމަށާއި އޮޓޮޕްސީ ހެދުމަށް މާލެ އަށް ވަނީ ގެނެސްފައެވެ
މާޅޮހު ކައުންސިލްގެ ނައިބު ރައީސް ފަޒީލް އަހުމަދު "ހަތާވީސް"އަށް މީގެކުރިން ވިދާޅުވީ އަބްދުއްރަހުމާންގެ ބޮލަށް ހަމާލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި ލޮލަށް ހަމަލާދިނުމުގެ ސަބަބުން ލޯ ދުޅަވެފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.
"ބޮލުގެ އެތައް މިތަނުން އެބަހުރި ތަޅާފައި. އަނިޔާކޮށްފައި،" ފަޒީލް ވިދާޅުވިއެވެ.
ހަތަރުސަތޭކައެއްހާ މީހުން ދިރިއުޅޭ އެ ރަށުގައި އެފަދަ ކަމެއް މީގެ ކުރިން ހިނގާފައި ނުވާ ކަމަށާއި މަރުގެ އެ ހާދިސާއާ ގުޅިގެން މުޅި ރަށަށް "ޝޮކެއް" ލިބިފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.
ހައްޔަރުކޮށްފައިވާ މަސްވެރިން ދޫކޮށްލުމަށް ނަޝީދު ގޮވާލައްވައިފި
ރަސްމީ ރިޒާވަށް 6 މިލިއަން ޑޮލަރުގެ އިތުރުވުމެއް
މަޓޭ ބަންދުން ދޫކޮށްލައިފި، އަދިވެސް އޮތީ ހޮސްޕިޓަލުގައި
ތަމްރީނު ދަތުރެއްގައި ފުލުހުންގެ އޮފިސަރުންތަކެއް އިންޑިއާގައި
ފުރަތަމަ ގާއިމްކުރި ފިއުލް ސްކިޑު ދުވާފަރުގައި