ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އާއްމުންގެ ތެރެއިން އިންނަވާ ބޭފުޅެއްގެ ގޮތުގައި އިދުރީސް ފައުޒީ އައްޔަން ކުރުމަށް ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުން ނިންމައިފިއެވެ.
އާއްމުންގެ ތެރެއިން މިހާރު ޖޭއެސްސީގައި އިންނަވަނީ އާމިނަތު އުއްމު ކުލްސޫމެވެ. އޭނާގެ ދައުރު ހަމަވާން މިހާރު ގާތްވެފައިވާއިރު އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ޖުމްލަ 8 ބޭފުޅަކު އެ މަގާމަށް ކުރިމަތިލެއްވިއެވެ.
އެ ބޭފުޅުންގެ ތެރެއިން 75 އަށްވުރެ މަތިން މާކުސް ލިބިވަޑައިގެންނެވި ހަތަރު ބޭފުޅެއްގެ ނަން ޖުޑީޝަރީ ކޮމެޓީން މަޖިލިސް ތަޅުމަށް ފޮނުވިއެވެ. މަޖިލީހުން ފާސްކުރީ އެންމެ ގިނަ މާކުސް ލިބިވަޑައިގެންނެވި އިދުރީސް އެ މަގާމަށް އައްޔަން ކުރުމަށެވެ.
އިދުރީސް މިވަގުތު ހުންނެވީ ލ. ކަލައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ