ފ. މަގޫދޫގައި ތަރައްގީ ކުރާ އެއާޕޯޓަށް ބަޔަކު އިއްޔެ ގެއްލުންތަކެއް ދީފިއެވެ.
އެކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ ފ.މަގޫދޫގައި ތަރައްގީ ކުރަމުންދާ އެއާޕޯޓްގައި އިމާރާތް ކޮށްފައިވާ އެއާޕޯޓް ފަޔާ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް ރޭ ތަޅާލާފައިވާ މައްސަލައެއް މިއަދުގެ ހެނދުނު 7:47 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ހުށަހަޅާފައި ވަނީ އެމްޓީސީސީ މަގޫދޫ ސައިޓުގެ ފަރާތުން ކަމަށެވެ.
އެ މައްސަލާގައި މިހާތަނަށް ބެލި ބެލުމުން، އިމާރާތުގެ ބިއްލަޫރިތަށް ތަޅާލުމާއި އަލިފާން ރޯކޮށްލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އެއާޕޯޓު ތަރައްގީ ކުރަމުން ދަނީ ގާތްގަނޑަކަށް 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ