މާލޭ ސިޓީ ކައުންސިލްގެ ހުރިހާ ބިދޭސީން ވަޒީފާއިން ވަކިކޮށް، 200 ބިދޭސީން އަލަށް ނެގި ކަމަށް ބުނެ ފަތުރެމުންދާ ވާހަކަތައް އެ ކައުންސިލުން މިރޭ ވަނީ ދޮގުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި އަހަރު ކައުންސިލުން ވަޒީފާއިން ވަކިކޮށްފައި ވަނީ މަސައްކަތަށް ފަރުވާ ކުޑަކުރުމާއި އުމުރުން ދުވަސްވެ މަސައްކަތް ނުކުރެވޭ އުމުރުގެ 25 ބިދޭސީ މުވައްޒަފުން ކަމަށެވެ. އަދި އެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ ސެކްޝަންތަކުގެ ވެރިންގެ އެދުމުގެ މަތިން އެޗް.އާރް.އެމް.ޑީ ކޮމިޓީން އެ މައްސަލަތައް ބެލުމަށްފަހު ކަމަށް ވެސް ބަޔާނުގައިވެއެވެ.
ސިޓީ ކައުންސިލާ ބެހޭ ގޮތުން މި ދޮގު މައުލޫމާތު ފަތުރާފައި ވަނީ ރަޖިސްޓްރީ ނުކޮށް ހިންގާ "ދިޔަވަރު.ކޮމް"އިންނެވެ. އެ ވެބްސައިޓަކީ ކުރިން ވެސް ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ)އިން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވާ ވެބްސައިޓެކެވެ.
މީޑިއާ ކައުންސިލުން މިދިޔަ އަހަރު ނެރުނު "އެޑްވައިސަރީ" އެއްގައި "ދިޔަވަރު.ކޮމް" އާ މެދު ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައި ވަނީ އެ ނޫހާ ގުޅޭ ގޮތުން 63 ޝަކުވާ ހުށަހެޅިފައިވާތީއެވެ. އަދި އެ ވެބްސައިޓުގައި ހަގީގަތާ ޚިލާފު ޚަބަރުތައް ޝާއިއުކުރަމުންދާކަން ފާހަގަކުރެވިފައިވާތީއެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި