މާލޭގެ ބޮޑުތަކުރުފާނު މަގުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓާއި ގުޅޭ ގޮތުން ފުލުހުން މިރޭ ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ޒިބްރާ ކްރޮސް އިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުކުރި ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ މިރޭ 20:30 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓުގައި ނިޔާވި ކުއްޖާއާއެކު ޖުމްލަ ތިން މީހަކަށް އަނިޔާވެފައިވިއެވެ. ދެން ތިބި ދެ މީހުންނަށް ވެސް އެ އެކްސިޑެންޓުގައި ލިބިފައި ވަނީ ސީރިއަސް އަނިޔާތަކެއް ކަމަށް ފުލުހުން ބުނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ