ބޮލަށާއި ލޮލަށް ދީފައިވާ ފުން ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް، ރޭ ނިޔާވި އއ.މާޅޮސް، އޯކިޑްމާގެ، އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް މާލެ ގެނައުމަށް ފުލުހުން ނިންމައިފިއެވެ.
ފުލުހުން ބުނީ އެ ހަމަލާދިނީ އޭނާ ނިދާފައި އޮއްވާ ކަމަށެވެ. އެކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 1:50 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ ބައެއް ތަހުލީލުތައް ކުރުމަށްޓަކައި އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބުނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ވެސް ތަހުގީގުން ނިންމާފައިވާ ކަމަށެވެ.
މާޅޮހު ކައުންސިލްގެ ނައިބު ރައީސް ފަޒީލް އަހުމަދު "ހަތާވީސް"އަށް މިއަދު ވިދާޅުވީ އަބްދުއްރަހުމާންގެ ބޮލަށް ހަމާލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި ލޮލަށް ހަމަލާދިނުމުގެ ސަބަބުން ލޯ ދުޅަވެފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.
"ބޮލުގެ އެތައް މިތަނުން އެބަހުރި ތަޅާފައި. އަނިޔާކޮށްފައި،" ފަޒީލް ވިދާޅުވިއެވެ.
ހަތަރުސަތޭކައެއްހާ މީހުން ދިރިއުޅޭ އެ ރަށުގައި އެފަދަ ކަމެއް މީގެ ކުރިން ހިނގާފައި ނުވާ ކަމަށާއި މަރުގެ އެ ހާދިސާއާ ގުޅިގެން މުޅި ރަށަށް "ޝޮކެއް" ލިބިފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.
އަބްދުއްރަހްމާން މަރުގެ ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް މާލެއިން އެ ރަށަށް ވަނީ ގޮސްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ