ފީނަން ފޭބި އެމެރިކާ އަށް ނިސްބަތްވާ ފަތުރުވެރިޔަކު މަރުވެއްޖެއެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ 12:30 އެހާކަށްހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައި ވަނީ އުމުރުން 47 އަހަރުގެ އެމެރިކާ ފަތުރުވެރިއެއް ކަމަށެވެ. އާއްމު ގޮތެއްގައި މިފަދަ ހާދިސާތަކުގައި ފަތުރުވެރިޔާ އައިސްފައިވާ ރިސޯޓު ފުލުހުން ހާމަކުރި ނަމަވެސް މި ހާދިސާގައި އެ ރިސޯޓުގެ ނަމެއް ހާމައެއް ނުކުރެއެވެ.
ފުލުހުން ހަމައެކަނި ހާމަކުރީ އެ ހާދިސާ ހިނގީ އއ. އަތޮޅު ރިސޯޓަކުން ކަމަށް އެކަންޏެވެ.
މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. އެކަމަކު އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ