ގދ. ގައްދޫ އިން އެ އަތޮޅު ގަމަށް ޑިންގީއެއްގައި ފުރައިގެން ދަތުރުކުރި މީހެއްގެ ހަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 9:30 ހާއިރު ގައްދޫން ފުރައިގެން ގަމަށް ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ ދިވެހި ފިިރިހެނެއްގެ ހަބަރެއް ވެފައިނުވާ ކަމަށް މިއަދު ހަވީރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން ހެނދުނު 11:15 ހާއިރު އެ މީހާ ގަމުން ފުރާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އޭނާ އެންމެ ފަހުން ލައިގެން ހުރީ ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށާއި ކަނޑުމަގުގެ އިތުރުން ގަމާއި ކައިރި ފަޅު ރަށްތައްވެސް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ