އިނގިރޭސިވިލާތާއި ޔޫރަޕްގެ އެހެން ގައުމުތަކުން ސަރުކާރުގެ މަސް ކުންފުނި މިފްކޯ ބްލެކް ލިސްޓު ކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ދޮގު ކުރައްވައިފިއެވެ.
ޔޫކޭ އާއި ޔޫރަޕްގައި މިފްކޯ ބްލެކް ލިސްޓުކޮށް ބޭން ކޮށްފައިވާ ކަމަށް ބުނެ "ޗެނަލް13" އިން ވަނީ ހަބަރެއް ޝާއިއު ކޮށްފައެވެ. މިނިސްޓަރު ޝިޔާމް ދޮގު ކުރެއްވީ އެ ހަބަރުގައި ހިމަނާފައިވާ މައުލޫމާތުތަކެވެ.
މިނިސްޓަރު ޝިޔާމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީޔޫ އިން ވެސް އަދި ޔޫކޭއިން ވެސް ދިވެހި މަސް ކުންފުނި މިފްކޯ އާއި އަދި އެނޫންވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށެވެ.
"އަޅުގަނޑަށް އެނގިގެން އަންނަ ހަފްތާގައިވެސް ޔޫކޭގެ މޭޖާ ބަޔަރެއް މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް ރާއްޖެ އެބައާދޭ. މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު،" ޝިޔާމް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމަކީ ދިވެހި އެތައް އާއިލާއެއް ދިރިއުޅުން އެކަމަކަށް ބަރޯސާވެފައިވާ ދާއިރާއެއް ކަމަށާއި އެހެންކަމުން އެފަދަ ސިނާއަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ގައުމަށް ނިކަމެތިކަން އަންނާނެ ފަދަ ގޮތް ގޮތަށް ރެޖިސްޓާޑް ނޫސް އެޖެންސީއަކުން ހަގީގަތާއި ހިލާފު މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
ދެ ގައިދީން މަރުވި މައްސަލާގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސް
މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް ހަދަނީ
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި
ސައުދާ އަށް އާޒިމް: ރައްޔިތުންގެ އިތުބާރަކީ ކުޅޭކުޅޭ އެއްޗަކަށް ނުހަދާ