ދިވެހިރާއްޖޭގެ ހައި ކޯޓަށް ދެ ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ.
ޖޭއެސްސީން ކޮށްފައިވާ އިއުލާނެއްގައި މިއަދު ބުނީ ހައި ކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެ މަގާމަށް ކުރިމަތިލާ މީހަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވެސް ވާން ޖެހޭނެ ކަމަށް އިއުލާނުގައިވެއެވެ.
ޖޭއެސްސީގެ އިއުލާނުގައި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެކަމުގައި މަދުވެގެން 5(ފަހެއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.
އެ މަގާމަށް ކުރިމަތިލާ މީހަކީ މުސްލިކަމަށް ވާން ޖެހޭއިރު އެމީހަކީ ސުންނަތް ޖަމާއަތުގެ މީހަކަށް ވާން ޖެހެއެވެ. އަދި އެމީހަކީ ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވެސް ވާން ޖެހެއެވެ. ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކުކަމުގައި ވެގެން ނުވާނެ ކަމަށާއި އަދި އެފަދަ މީހަކީ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެ ކަމަށް އިއުލާނުގައިވެއެވެ.
އެ މަގާމުގެ މުސާރަ އަކީ 45،700 ރުފިޔާއެވެ. ލިވިން އެލަވަންސެއްގެ ގޮތުގައި މަހަކު 18،000 ރުފިޔާ އަދި ރިސްކު އެލަވަންސެއްގެ ގޮތުގައި 3،300 ރުފިޔާއާއެކު ކޮންމެ މަހަކު މުޅި ޖުމްލަ 67،000 ރުފިޔާ ލިބޭނެއެވެ. މީގެއިތުރުން ރައްޔިތުން މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯނު އެލަވަންސާއި މެޑިކަލް އެލަވަންސް ލިބިގެން ދާނެ ކަމަށް އިއުލާނުގައިވެއެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު