ވަގު ލިޔެކިޔުންތަކެއް ހުށަހަޅައިގެން، ހުޅުމާލެ ދެ ވަނަ ފިޔަވަހިން ހިލޭ ގޯތި ހޯދަން އުޅުނު މައްސަލައާ ގުޅިގެން، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ސަސްޕެންޑުކުރިތާ ހަމަސް ފަހުން އޭނާ މަގާމުން ވަކިކޮށްފިއެވެ.
އެމްޑަބްލިއުއެސްސީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މިއަދު ބުނީ 19 ޑިސެމްބަރ 2024 ގައި ސަސްޕެންޑް ކޮށްފައިވާ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު 9 ޖުލައި 2025 އިން ފެށިގެން އެ މަގާމުން ވަކިކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާ ކަމަށެވެ.
"މިއީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން އެޅުއްވި ފިޔަވަޅެކެވެ. މުހައްމަދު ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާއެކު އިސްމަގާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއްނޫން ކަމުގައި ބޯޑުން ދެކެވަޑައިގަންނަވައެވެ،" އެކުންފުނިން ބުންޏެވެ.
ބިންވެރިޔާ ސްކީމު"ގެ ދަށުން ފަޒީލު ގޯއްޗަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވަނިކޮށް، އެޗްޑީސީއަށް ވަގު ލިޔެކިޔުންތަކެއް ހުށަހަޅައިގެން ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯތި ހޯދަން އުޅުނު މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާމެދުވެރިކޮށެވެ.
އެ މައްސަލާގައި ފަޒީލްގެ މައްޗަށް ތުހުމަތު ކުރަނީ ޑޮކިއުމަންޓް ފޯޖުކުރިކަމުގެ ތުހުމަތެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ