ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރުމަށް މިހާތަނަށް 46 މުވައްޒަފުން ވަނީ ތަމްރީނުކޮށްފައެވެ. މީގެ ތެރެއިން 14 މުވައްޒަފުން ތަމްރީނު ކުރެވިފައިވަނީ މެލޭޝިއާއަށް ފޮނުވައިގެން ކަމަށް އެމްއޭސީއެލްއިން މިއަދު ވަނީ ބުނެފައެވެ.
މި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ފަސިންޖަރު ޓާމިނަލްގައި ބޭނުންކުރާނެ ފަސިންޖަރު ބޯޑިން ބްރިޖުތަކަކީ ރާއްޖޭގައި މިފަދަ ޚިދުމަތެއް ފޯރުކޮށްދޭން ފަށާ ފުރަތަމަ ފަހަރެވެ. މި ބްރިޖުތަކުގެ ސަބަބުން ފަސިންޖަރުންނަށް މަތިންދާބޯޓުން ސީދާ ޓާމިނަލްއަށް ވަދެވޭނެއެވެ.
އެމްއޭސީއެލްއިން ބުނީ، "މި ތަމްރީނުތަކުގެ މައިގަނޑު މަޤްޞަދަކީ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓްކުރާ މުވައްޒަފުން އިންޑަސްޓްރީގެ މިންގަނޑުތަކާއި އެންމެ ރަނގަޅު އުސޫލުތަކަށް އަހުލުވެރިކުރުވުން" ކަމަށެވެ.
ތަމްރީނު ޕްރޮގްރާމްގެ ތެރޭގައި މުވައްޒަފުންނަށް ވަނީ ސިމިއުލޭޓަރ އެކްސަސައިޒްތައް ވެސް ފުރިހަމަކުރުވާފައެވެ. މީގެ އިތުރުން ބޯޑިން ބްރިޖުތައް ސަލާމަތްތެރިކަމާއެކު އޮޕަރޭޓްކުރުމަށް ބޭނުންވާ އެންމެހައި ހުނަރުތައް ދަސްކޮށްދީފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ