އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ރަސްމީކޮށް ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ ވެއްޖެއެވެ. މިކަން އިއުލާނުކޮށްފައިވަނީ ބުރާސްފަތި ދުވަހު ކާބުލްގައި ބޭއްވި ބައްދަލުވުމެއްގައި، އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ރަޝިޔާގެ ސަފީރު ޑިމިޓްރީ ޒިރްނޯވްއެވެ.
މި ނިންމުމާ ގުޅިގެން އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު އާމިރު ޚާން މުއްތަކީ ވިދާޅުވެފައިވަނީ މިއީ "ހިތްވަރުގަދަ" ނިންމުމެއް ކަމަށެވެ. އަދި މިއީ "ރަނގަޅު ގުޅުމާއި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމާއި ބިނާކުރަނިވި ގުޅުމުގެ އާ މަރުހަލާއެއް" ރަމްޒުކޮށްދޭ ބަދަލެއް ކަމަށާއި، އެހެން ގައުމުތަކަށް ނަމޫނާއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ބަދަލެއް ކަމަށެވެ.
ރަޝިޔާގެ ހާރިޖީ ވުޒާރާއިން ބުނެފައިވަނީ އަފްޣާނިސްތާނުގެ އިސްލާމިކް އެމިރޭޓްސްގެ ސަރުކާރު ރަސްމީކޮށް ބަލައިގަތުމުގެ އަމަލަކީ ދެ ގައުމުގެ މެދުގައި އުފެއްދުންތެރި ބައިލެޓަރަލް ކޯޕަރޭޝަން ކުރިއެރުވުމަށް ހިތްވަރު ލިބިގެންދާނެ ކަމެއް ކަމަށެވެ.
2021 ވަނަ އަހަރު ތާލިބާނުން އަފްގާނިސްތާނުގެ ކޮންޓްރޯލް ހޯދުމަށްފަހު، ދުނިޔޭގެ ފެންވަރުގައި އެ ގައުމުގެ ސަރުކާރު ބަލައިގަތުމުގައި ގިނަ ގައުމުތަކުން ފަސްޖެހިފައިވެއެވެ. ހުޅަނގު ގައުމުތަކުން ތާލިބާނުން ސިފަކުރަމުން ދަނީ އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކުރާ ބައެއްގެ ގޮތުގައެވެ.
ތާރީޚީ ގޮތުން ބަލާއިރު، ސޯވިއެޓް ޔޫނިއަންގެ ޒަމާނުގައި މި ދެ ގައުމަކީ ހަތުރުންގެ ގޮތުގައި އޮތް ދެ ގައުމެކެވެ. ސޯވިއެޓް ޔޫނިއަނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން ނުވަ އަހަރު ވަންދެން ހިނގި ހަމަނުޖެހުންތަކުގައި 15،000 ސިފައިން މަރުވެފައިވެއެވެ. ސޯވިއެޓް ޔޫނިއަން 1989 ވަނަ އަހަރު އެ ގައުމުން ފޭބުމަށްފަހު، ޔޫއެސްއެސްއާރުގެ އެހީތެރިކަމާއެކު ކާބުލްގައި ސަރުކާރެއް އުފެއްދިއެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި