ދިވެއްސަކު ރަހީނުކޮށް، އަނިޔާކުރިކަމުގެ ތުހުމަތުގައި މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 44 އަހަރުގެ ދިވެހި ފިރިހެނަކު ހިފަހައްޓައި، އަނިޔާކޮށްފައިވާ މައްސަލައާ ގުޅިގެން ކުށުގެ ވެށިން މީހަކު ހައްޔަރުކޮށްފައިވަ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ، ސުވާސާގެ، އިބްރާހިމް ސައީދު، 48، އެވެ.
"މާލޭ ގެއެއްގެ ތެރޭގައި ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓައި އަނިޔާކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވޭ. މި މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގުން ކުރި މަސައްކަތުން އެ މީހާ ހުރި ތަން ހޯދައި މިއަދު އެ މީހާ ވަނީ ސަލާމަތްކޮށްފައި،" ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.
މިއަދު ހެނދުނު ވެސް ރަހީނުކޮށްފައި ހުރި ބިދޭސީއަކު ފުލުހުން ވަނީ ސަލާމަތްކޮށްފައެވެ. އެ ހާދިސާ ހިނގާފައި ވަނީ މައްޗަންގޮޅިގައެވެ.
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ