މައްޗަންގޮޅީގައި ހުރި ގެއެއްގެ ތެރޭގައި ބަންދުކޮށްފައި ހުރި ބަންގްލަދޭޝް މީހަކު މިއަދު ހެނދުނު ފުލުހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ، މާލޭގެ ގެއެއްގައި ހުއްދަ ނޫން ގޮތުގައި މީހަކު ބަންދުކޮށްފައި ހުރި ކަމުގެ މައްސަލައެއް ހުށަހެޅުމާ ގުޅިގެން، އެ ތަނުގެ ތަޅު ހަލާކުކޮށްލައިގެން ވަދެ، އެ ބަންގްލަދޭޝް ފިރިހެނަކު ސަލާމަތްކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، "އެ މީހާ ހައިޖީއެމްއެޗަށް ގެންދެވި ސިއްހީ ހާލަތު ބެލުމަށް ބަލަންޖެހޭ ކަންކަން މިހާރު ދަނީ ބަލަމުން. އެ މީހާއަށް ބޭރުފުޅުން އެއްވެސް އަނިޔާއެއްވެފައިވާ ކަމަށް ފާހަގަ ކުރެވިފައި ނުވާ." ކަމަށެވެ.
މި މައްސަލައިގައި އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައިވާކަން ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށާއި، މި ފަދަ ކަންކަމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށްވާތީ، މައްސަލައިގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ