ކަޝްމީރުގެ އިންޑިއާފަޅީގެ ޕަހަލްގަމްގައި މިދިޔަ އެޕްރީލް މަހު ދިން ހަމަލާގެ ފަހަތުގައިވާ އެންމެން ވީހާވެސް އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުއަޑްގެ ޤައުމުތަކުން ގޮވާލައިފިއެވެ.
ޗައިނާއާއި ޕެސިފިކް ކަނޑުގެ ކަންކަމުގައި އެކުގައި މަސައްކަތްކުރާ ހަތަރު ޤައުމުކަމަށްވާ އެމެރިކާ، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާއިން ނެރުނު ގުޅިފައިވާ ބަޔާނުގައި ޕާކިސްތާނުގެ ނަމެއް ގެނެސްފައެއް ނުވެއެވެ. އަދި ހަމަލާގައި ޕާކިސްތާނަށް ތުހުމަތުގެ އިނގިއްޔެއް ދިއްކޮށްފައެއް ނުވެއެވެ.
ކުއަޑްގެ ޚާރިޖީ ވަޒީރުންގެ ބަޔާނުގައި ބުނީ ޓެރަރިޒަމް އޭގެ ހުރިހާ މާނައަކާއި ސިފައެއްގައި ކުށްވެރިކުރާކަމަށާއި، މީގެ ތެރޭގައި ސަރަހައްދީ ރޮނގުތައް ހުރަކޮށް ހިންގާ ޓެރަރިޒަމްގެ އަމަލުތައްވެސް ހިމެނޭކަމަށެވެ. އަދި މިހަމަލާގެ ފަހަތުގައިވާ ފަރާތްތަކާއި، ހަމަލާއަށް ޚަރަދުކުރި ފަރާތްތަކާއި ހަމަލާދިން ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އދގެ މެމްބަރު ހުރިހާ ގައުމުތަކުންވެސް ކަމާއި ބެހޭ ފަރާތްތަކަށް އެއްބާރުލުން ދިނުމަށްވެސް މި ބަޔާނުގައި ގޮވާލާފައިވެއެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި