މޫސުން ގޯސްވެ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، ކަނޑުދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތާއި އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 11:30 އިން 15:30 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.
އަދި އެ ވަގުތުގައި އާންމުކޮށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން، ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް އެދިފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ސަމާލުކަން ދިނުމަށްވެސް އެދުނެވެ.
މީގެ އިތުރުން، އުޅަނދުގައި ހުންނަންޖެހޭ ސަލާމަތީ ވަސީލަތްތައް ހަމަކަން ޔަގީން ކުރުމަށާއި، އުޅަނދަށް މީހުންނާއި މުދާ އެރުވުމުގައި ހުއްދަދެވިފައިވާ މިންގަނޑަށްވުރެ އިތުރަށް ނޭރުވުމަށާއި، މުވާސަލާތީ ވަސީލަތްތައް ފުރިހަމައަށް މަސައްކަތްކުރާކަން ކަށަވަރުކުރުމަށްވެސް ފުލުހުން އެދިފައިވެއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން