ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލާ އޭގެއިން ދަތުރު މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދަމުން އަންނައިރު އަދިވެސް އެ ދެ މީހުން ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއްނެތި ކުރިއަށް ދާއިރު، ކަނޑާއި ވައިގެމަގުން މިހާތަނަށް ވަނީ ބޮޑު ސަރަހައްދެއް ބަލައިފައިވާ ކަމަށް ރޭ އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެ 2 މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީންއާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓުން މިހާރު ވެސް ހަރަކާތްތެރިވަމުން އަންނައިރު މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ހާމަކުރެއެވެ.
އެ ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރެއިން 8 މީހަކު ފެނިފައިވާއިރު ގެއްލިގެން ހޯދަމުން ދަނީ ދެ ބިދޭސީންނެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން