އެމްޑީޕީއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅުނު ފުޓްސަލް މެޗެއްގައި އަނިޔާވެ، ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާމު އޮޕަރޭޝަނެއް ކުރަން ޖެހިއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެކުވެނި ސްޓޭޑިއަމްގެ، "ލެގޫން ސްޕޯޓް ކްލަބް"ގެ ފުޓްސަލް ދަނޑުގައި ކުޅުއްވަނިކޮށް، އަލީ ނިޔާޒުގެ ފައި ފުރޮޅާލައި ފުންނާބާ ގުޅިފައިވާ "ޓެންޑޮން" ވަނީ ބުރިވެފައެވެ. އެ އަނިޔާތަކަށް އަލީ ނިޔާޒު ގެންދަނީ އައިޗީއެމްއެޗްގެ ކަށީގެ ވޯޓުގައި ފަރުވާ ހޯއްދަވަމުންނެވެ.
"ފުރަތަމަ ތަދުވާތީ، ދިޔައީ ޓްރީޓޮޕަށް. ދިޔައީމަ އެ މީހުން ބަލާފަ ބުނީ ވަކިވެފައޭ މި އިނީ. އެހެންވެގެން ދެން ފަރުވާ ހޯދަން ފެށީ،" އިއްޔެއިން ފެށިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާ އަލީ ނިޔާޒު "ހަތާވީސް"އަށް ވިދާޅުވިއެވެ.
އެ އަނިޔާތަކާ ގުޅިގެން އަންގާރަ ދުވަހު އޭނާގެ ފައިގެ އޮޕަރޭޝަނެއް ކުރުމަށް އައިޖީއެމްއެޗުން ވަނީ ޝެޑިއުލްކޮށްފައެވެ.
އެމްޑީޕީގެ ފުޓްސަލް މުބާރާތަށް ތައްޔާރުވަމުން ދަނިކޮށް، މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރު ފާތުމަތު ޝަހުލާ (ޝަހޫ ރިޒާ)ގެ އަތް ވެސް ވަނީ ބިންދައިގެން ގޮސްފައެވެ.
އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން، ގިނަ ހަރަކާތްތަކެއް މާލެ އާއި އަތޮޅު ތެރޭގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އަހަރު ދުވަހަށް ދެމިގެންދާ ގޮތަށް އެކި ހަރަކާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ނިންމަވާފައެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު