ޅ. އަތޮޅަށް ދަތުރުކުރަމުންދިޔަ ސިވެކްގެ ލޭންޑިންގ ކްރާފްޓެއް ކާށިދޫ ކަނޑުގައި ބަންޑުން ޖަހާލުމުގެ ސަބަބުން ސިފައިންގެ މީހަކު މަރުވެއްޖެއެވެ. މަރުވެފައި ވަނީ ވޮރަންޓް އޮފިސަރ ދޭއް ޢަލީ ޙާމިދުއެވެ. މި ހާދިސާގައި އަދިވެސް ބިދޭސީއެއް ވަނީ ގެއްލިފައެވެ.
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި "އެލްސީ 308" ލޭންޑިންގ ކްރާފްޓުގައި ދަތުރުކުރީ ޖުމްލަ ހަ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ސިފައިންނާއި، ދިވެއްސެއްގެ އިތުރުން ތިން ބިދޭސީންނެވެ. މި އުޅަނދު މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ޑައިވަރުން ވަނީ ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު ހޯދާފައެވެ. ނަމަވެސް ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިއުމުން، ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ނިޔާވެފައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ހާދިސާއާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތްކުރައްވާފައި" ކަމަށެވެ. އަދި "ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީވެސް ޤައުމީ ޚިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށް" ކަމަށް ވިދާޅުވެފައިވެއެވެ.
މި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން މިވަގުތުވެސް ދަނީ ކުރަމުންނެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ