އައްޑޫ ސިޓީގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ބޮޑު އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އައްޑޫ ސިޓީއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑް، "އޮޕަރޭޝަން ހަމަމަގު" މިއަދު ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ހިންގާ ރެއިޑް އޮޕަރޭޝަންތަކުގައި ހިމެނޭ ރެއިޑެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ޓާސްކް ފޯސް އިން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އެ ރެއިޑު އޮޕަރޭޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ސީޕީ (ރޓ) އަޙްމަދު ފަސީހް އަދި ޑެޕިއުޓީ ކޮންޓްރޯލާ އަޙްމަދު އަޝްފާން ބައިވެރިވެލައްވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މީގެއިތުރުން 35 އިމިގްރޭޝަން އޮފިސަރުންނާއި އައްޑޫ ސިޓީ ފުލުހުންގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް ބައިވެރިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަން ކުރިޔަށް ދާނީ މިއަދުގެ އިރުއޮއްސުމާއި ހަމައަށް ކަމަށެވެ. އަދި ގަވާއިދާ ހިލާފު ބިދޭސީން ހޯދުމަށްފަހު އެމީހުން ރާއްޖޭން ފުރުވާލުމަށްޓަކައި މާލޭގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދެވޭނެ ކަމަށް ބުންޏެވެ. އަދި އެފަދަ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ދިވެހިންނަށް ނޯޓިސް ފޮނުވޭނެ ކަމަށްވެސް ބުންޏެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު