ދިވެހި ފުލުހުންގެ ހިދުމަތާއި އަލަށް ގުޅުނު 133 ފުލުހަކު މަގާމުގެ ހުވާ ކުރައްވައިފިއެވެ.
ފުލުހުން މިއަދު ބުނީ ފުލުހުންގެ ހިދުމަތާއި އަލަށް ގުޅުނީ 34 އަންހެން ފުލުހުންނާއި 99 ފިރިހެން ފުލުހެއް ކަމަށެވެ.
އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުލް ނާސިރު ޝަފީގުއެވެ. މި ރަސްމިއްޔާތުގައި، ހެޑް އޮފް ވޯކްފޯސް ޕްލޭނިން އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ހުސައިން ޝަރީފް އަދި ހެޑް އޮފް ރެކްރޫޓްމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އިލްޔާސް މުހައްމަދު ބައިވެރިވެލެއްވިއެވެ.
ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ އިގުރާރުގައި ސޮއިކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ