ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ހާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ބޮޑު ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވައުދުވެފައިވާ ފަދައިން ޙާފިޒުންނަށް ދޭ އެލަވަންސް 1 ޖުލައި 2025 އިން ފެށިގެން ދެ ގުނަ އަށް ބޮޑު ކުރުމަށް މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.
"ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް،" ރައީސް ވިދާޅުވިއެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ އޮގަސްޓު މަހުގެ 26ވަނަ ދުވަހު ފުވައްމަލުކު ސިޓީގައި އޮތް ކެމްޕެއިން ހަފްލާއެއްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު އޭރު ވިދާޅުވީ ހާފިޒުންގެ އަގު މިހާރު ވެސް ވަޒަންކުރާ ކަމަށާއި ނަމަވެސް އެއަށްވުރެ ބޮޑަށް ހާފިޒުންގެ އަގުވަޒަންކުރަން ޖެހޭ ކަމަށެވެ.
އެމަނިކުފާނު ވަނީ ހާފިޒުންގެ އެލަވަންސް މިހާރަށްވުރެ ދެ ގުނައަށް ބޮޑުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. މިހާރު ސަރުކާރުން ހާފިޒުންނަށް ދޭ އެލަވަންސްއަކީ 2000 ރުފިޔާއެވެ. ރައީސް މުއިއްޒުގެ ވައުދަކީ އެ އަދަދު 4000އަށް ބޮޑުކުރުމެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ