ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓުތަކުގެ އެޕާޓުމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 07:41 އެހާކަށްހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމުން ހުޅުމާލޭ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ، ގިނަ އިރުތަކެއް ނުވަނީސް ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އަލިފާން ރޯވެފައި ވަނީ އެޕާޓްމަންޓްގެ ކޮޓަރިއެއްގެ އެނދުގައި އަޅާފައި އޮތް ގޮދަޑިއެއްގައި ކަމަށާއި އެހެން ނަމަވެސް އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފު ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އަލިފާން ރޯވި އެޕާޓުމަންޓުގައި ދިރިއުޅެމުންދިޔަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ އިން ބުނެފައިވެއެވެ. ރޯވި އެޕާޓުމަންޓުގައި ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމަށްވެސް ބުންޏެވެ.
މި ހާދިސާ ހިނގީ ވިނަރެސްގެ ނުވަ ވަނަ ޓަވަރުގެ 13 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ