މާލޭގައި އިމާރާތެއްގެ ދެވަނަ ބުރިން އަންހެނަކު ވެއްޓިއްޖެއެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާ ހިނގާފައި ވަނީ މާލޭގެ މައްޗަންގޮޅިގައި ހުންނަ ގެއަކުން ކަމަށެވެ.
ވެއްޓިފައި ވަނީ އުމުރުން 42 އަހަރުގެ އަންހެނަކު ކަމަށާއި އެމީހާ ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބުނީ ރޭ 4:00ގައި ކަމަށް ވެސް ބުންޏެވެ.
އެ ހާދިސާގައި އަންހެން މީހާގެ ދެފައިގެ ކުޑަހުޅު ނެއްޓި އޯޕަން ފްރެކްޗާއެއް ވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެމީހާއަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ