އީރާނާއި އިޒްރޭލުން ކުރަމުން އަންނަ ހަނގުރާމާގައި އެމެރިކާ އިން ބައިވެރިވެ، އީރާނަށް ބޮން އަޅަން ފަށައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން އީރާނުގެ ތިން ނިއުކްލިއާ މަރުކަޒަކަށް ހަމަލާ ދީފައިވާ ކަމަށެވެ. އެކަން ހާމަކުރެއްވީ ސޯޝަލް މީޑިއާ މެދުވެރި ކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ.
ގައުމާ މުހާތަބު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ ފޯރުދޯ، ނަތަންޒް އަދި އިސްފަހަން ނަމަކަށް ކިޔާ ތިން މަރުކަޒެއް ސުންނާފަތި ކޮށްލާފައިވާ ކަމަށެވެ. އަދި ޓްރަމްޕު ވަނީ ސުލްހަ ގާއިމް ކުރުމަށް އީރާނަށް ގޮވާލައިފައެވެ. އޭނާ ވިދާޅުވީ ސުލްހަ ގާއިމް ކުރުމުގެ މަޝްވަރާތަކުގައި އީރާނުން ބައިވެރިނުވެއްޖެ ނަމަ އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.
"އެހެން ނޫން ނަމަ [މަޝްވަރާ ނުކޮށްފި ނަމަ] ކުރިޔަށް އޮތްތަނުގައި ދޭ ހަމަލާތައް އިތުރުވާނެ،" ގައުމާ މުހާތަބު ކުރައްވަވާ ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި އީރާނަށް ހަމަލާތައް ދޭނެ އިތުރު ޓާގެޓުތައް އަދިވެސް އެބަހުރި ކަމަށެވެ.
މި ހަމަލާތަކުގެ ތަފްސީލެއް އަދި އެއްވެސް ގައުމަކުން ހާމަކޮށްފައެއް ނުވެއެވެ.
ވައި ނުސާފުވުމުން އެޗްޕީއޭ އިން "ރެޑް އެލާޓު" ނެރެފި
ޕީއެންސީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރައީސް ދޮރުންދޮރަށް
ނަވީން ރިޓަޔާ ކުރެއްވުމުން ފުލުހުންގެ ހިންގުން ފަރުހާދަށް
ބަރުބަރީ މިސްކިތް ހުޅުވައިފި، 1400 މީހުންނަށް ނަމާދު ކުރެވޭނެ
ހަނދު ފެނިއްޖެ، މާދަމާ އަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް!
މީގެ ދެ ދުވަސްކުރިން ކައުންސިލަރުންނަށް އެޖެންޑާ ވަނީ ހިއްސާކޮށްފައި