އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވުމުން، ދަ ޑިމޮކްރެޓްސްގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު އެޕާޓީގެ މެންބަރުން އަލުން އެމްޑީޕީއަށް ގުޅުމަށް މަރުހަބާ ކިޔުމަށް އެޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.
ނަޝީދާއެކު ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއަށް ގުޅުމަށް ނިންމީ މިދިޔަ އަންގާރަ ދުވަހު ބޭއްވި އެޕާޓީގެ ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމެއްގައެވެ.
އެކަމާއި ގުޅިގެން އެމްޑީޕީން ރޭ ވަނީ އެޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި އޮތީ ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅުމާއި ގުޅޭ ގޮތުން ގޮތެއް ނިންމުމެވެ. އެ ބައްދަލުވުމުގައި އެޕާޓީގެ ރައީސް ޝާހިދާއި އެނޫންވެސް ޕާޓީގެ އިސް ބޭފުޅުން ވާހަކަދެއްކެވިއެވެ.
ޝާހިދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ ޑިމޮކްރެޓްސްގެ މެންބަރުންނަށް އަލުން މަރުހަބާ ކިޔުމަށް ކަމަށެވެ. ޝާހިދު ވިދާޅުވި ގޮތުގައި މާޒީގެ އަޅުންނަށް އެމްޑީޕީގެ މެންބަރުން ވެގެން ނުވާނެ ކަމަށާއި ވިސްނަން ވާނީ އަބަދުވެސް މުސްތަގުބަލަށް ކަމަށެވެ.
ޝާހިދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ޑިމޮކްރެޓުން އަލުން އެމްޑީޕީއަށް ގުޅެން ނިންމީތީ ވަރަށް އުފާ ކުރައްވާ ކަމަށެވެ. އަދި އެމްޑީޕީގެ ރޫހު ހުރީ ހިތް ހަލާސްކޮށް ޑިމޮކްރެޓުންނަށް އަލުން މަރުހަބާ ކިޔުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
ޑިމޮކްރެޓްސް އުވާލުމަށްފަހު އެޕާޓީގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށް ނިންމީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި އަދި ރާއްޖޭގެ ކުރިމަގު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އިޔާދަ ކުރުމުގެ ކަންކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުމަކީ މުހިއްމު ކަމަކަށް ވާތީ ކަމަށް ބުނެއެވެ.
ދިވެހީންގެ ދުޅަހެޔޮކަން، ބިދޭސީންގެ ދުޅަހެޔޮކަމާ ގުޅިފައިވޭ
ދެ ލޯބިވެރިންގެ މެދުގައި މާރާމާރީ ހިންގާ އެކަކަށް ވަޅިން ހަމަލާދީފި
ހިތުހުރިހާ ގޮތަކަށް ސަރުކާރުން ކަންކުރަން ފުރުސަތެއް ނުދޭނަން: ގަފޫރު
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ގަފޫރު އިންތިހާބުކޮށްފި
ލިޔެކިއުންތައް ފަޒުލް ނައްތާލިކަމަށް ބާރުދޭ ހެއްކެއް ނެތް: ޕީޖީ
ޝާހިދު އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލް ބައްދަލުވުމުގައި