ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކަކީ ޖަޒުބާތީ އަމަލުތަކެއް ކަމަށް ބުނެ, އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޝައިހް ފަޒްލޫން މުހައްމަދާއި އާދަމް ނިޝާން ހިމެނޭ ގޮތަށް ގިނަ ބައެއްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާތައް ދައުލަތުން އަނބުރާ ގެންދަން ނިންމައިފި އެވެ.
މެއި, 2022 ގައި ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ދަނިކޮށް ގަލޮޅު ދަނޑަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މެމްބަރު މުހައްމަދު އިސްމާއިލާއި ޝައިހް ފަޒްލޫނާއި އާދަމް ނިޝާން ހިމެނޭ ގޮތަށް 14 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ޓެރަރިޒަމްގެ ދައުވާތައް އަނބުރާ ގެންދަން ނިންމީ އެ ދައުވާތައް މުރާޖާ ކުރުމަށްފަހު އެ އަމަލުތައް ހިންގާފައިވަނީ ޖަޒުބާތީ ގޮތުން ކަމަށްވާތީ އާއި އެ މައްސަލަ ކޯޓުގައި ނުނިމި ލަސްވެފައިވާތީ އާއި ދައުވާލިބޭ މީހުން މުޖްތަމައުގައި އަދާކުރާ ދައުރަށް ބެލުމަށްފަހު ކަމަށެވެ.
ޓެރަރިޒަމްގެ ދައުވާގެ އިތުރުން ތޫނު ހަތިޔާރުގެ ގާނޫނުގެ ދަށުން އެ މައްސަލާގައި ކޮށްފައިވާ ދައުވާތައް ވެސް އަނބުރާ ގެންދަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. ނަމަވެސް ގާނޫނު ތަންފީޒުކުރާ މުވައްޒަފުންނަށް ހުރަސް އެޅުމުގެ ދައުވާތައް ކުރިއަށް ގެންދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ މައްސަލާގައި ގިނަ ބަޔަކު ހައްޔަރު ކުރިޔަސް، އެ އެންމެން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އެ މައްސަލާގައި ފަޒްލޫނާއި ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ކުރިން ސަސްޕެންޑްކުރި އެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު