މިދިޔަ އޭޕްރީލް މަހުގެ 18ވަނަ ދުވަހު މާލޭގެ ގެއަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގު ނިންމައި މައްސަލައިގެ ރިޕޯޓު ރައީސަށް ހުށަހަޅައިފިއެވެ.
އެ މައްސަލައިގެ ރިޕޯޓު ރައީސަށް އަރުވާފައިވާކަން ކޮމިޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
އެ ޕޯސްޓު ރީޕޯސްޓު ކުރައްވަވާ ރައީސް މަުއިއްޒު އެކްސްގައި ވިދާޅުވީ އެ ތަހުގީގު ރިޕޯޓު އެއްވެސް އުނި އިތުރެއް ނުގެނެސް އާއްމު ކުރުމަށް އަންގަވާފައިވާ ކަމަށެވެ.
މިދިޔަ އޭޕްރީލް މަހުގެ 27ވަނަ ދުވަހު ރައީސް މުއިއްޒު އެ ކޮމިޝަން އުފައްދަވާ ނެރުއްވި ގަރާރެއްގައި ވިދާޅުވެފައި ވަނީ އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ