ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ދޭ އިނާޔަތްތަކާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އާއި ޕޭ-ކޮމިޝަންގެ ލަފާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިފިއެވެ.
ފަނޑިޔާރުންގެ ރިޓަޔާމަންޓު ގަވާއިދުގައި އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ރިޓަޔާ ކުރައްވާ ނަމަ ދޭން ޖެހޭ ވަކި ހާއްސަ އިނާޔަތްތަކެއް ކަނޑައަޅާފައެއް ނޯވެއެވެ. އުމުރުފުޅުން 55 އަހަރުވާ ފަނޑިޔާރުން އަމިއްލައަށް ރިޓަޔާވާން އެދިއްޖެ ނަމަ އިނާޔަތްތައް ލިބޭނީ 10 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ނަމައެވެ.
ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެ ގަވާއިދު އިސްލާހުކޮށް ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަކަށް ހާއްސަ އިނާޔަތްތަކެއް ލިބޭ ގޮތް ހަދައިފައެވެ. އެގޮތުން ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ދަތުރުފަތުރުގެ އެލަވަންސާއި ލިވިން އެލެވެންސްއެއްގެ ގޮތުގައި މަހަކު 70،000 ރުފިޔާ ދޭން ވަނީ ނިންމައިފައެވެ.
އެ ގަވާއިދު އިސްލާހުކޮށް ޖޭއެސްސީން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުވުމުން އެ ކޮމެޓީން ނިންމީ އެއީ ދައުލަތުން އިތުރަށް ކުރަން ޖެހިފައިވާ ހަރަދެއް ކަމަށް ވާތީ އެކަމާއި ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ލަފާ ހޯދުމަށެވެ.
ޖޭއެސްސީން މިފަދަ އިސްލާހެއް ގަވާއިދަށް ގެނެސްފައި މިވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވަވަން ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި