ކަސްޓަމްސް ފީ ދެއްކުމަށް ކަމަށް ބުނެ ސްކޭމް މެސެޖުތަކެއް މީހުންނަށް ފޮނުވާން ފަށައިފިއެވެ.
ކަސްޓަމްސް އިން މިއަދު ބުނީ ކަސްޓަމްސްގެ އެއްވެސް ޕޭމަންޓެއް ދެއްކުމަށް އެދި ލިންކަކާއެކު އާއްމުންނަށް މެސެޖެއް ނުފޮނުވާނެ ކަމަށެވެ.
އެ މެސެޖުގައި ބުނެފައި ވަނީ މޯލްޑިވްސް ޕޯސްޓަށް އައިސްފައިވާ އޯޑަރެއް ޑެލިވަރީ ނުކޮށްދެވިފައި ވަނީ ކަސްޓަމްސް އަށް ދައްކަން ޖެހޭ ފީ ދައްކާފައި ނުވާތީ ކަމަށެވެ. އެހެންކަމުން އެ ފީ ދެއްކުމަށް މެސެޖުގައި އެދިފައިވެއެވެ.
ފީ ދެއްކުމަށް ކަމަށް ބުނެ ލިންކެއް ވެސް ފޮނުވާފައިވެއެވެ. ނަމަވެސް އެ ލިންކަކީ ސްކޭމް ލިންކެކެވެ.
ރާއްޖޭގައި މިފަދަ ސްކޭމްތަކުން ގިނަ އަދަދެއްގެ ފައިސާ މީހުން އަތުން ވަނީ ގެއްލިފައެވެ. އެހެންކަމުން މިފަދަ ލިންކުތަކަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ