އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން 2025 ވަނަ އަހަރުގެ ރަމަޟާން މަހާއި ގުޅިގެންކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ 100،000 ރުފިޔާގެ އިނާމުގެ ނަސީބުވެރިފަރާތް ހޮވައިފިއެވެ.
ނަސީބުވެރި ފަރާތް ހޮވާފައި ވަނީ 12 ޖުލައި 2025 ވީ ބުރާސްފަތި ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާޓުގައި ބޭއްވި ކުޑަ ހަފްލާއެއްގައެވެ. މި އިނާމަކީ ރަމަޟާން ބާޒާރު ޕްރޮމޯޝަން މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުން 500 ރުފިޔާއިން މަތިން ވިޔަފާރި ކުރެއްވި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތަކުން ހޮވުނު ނަސީބުވެރި ފަރާތަށް ދެވުނު 100،000ރުފިޔާގެ ފައިސާގެ އިނާމެކެވެ.
މިއަހަރުގެ ޖަނަވަރީ 9 އިން 30 މާޗުގެ ނިޔަލަށް މާލެއާއި އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުގއި ކުރިއަށްދިޔަ މި ޕްރޮމޯޝަންގައި މިނޫންވެސް ތަފާތު ގިނަ އިނާމުތަކަކާއި ޑިސްކައުންޓްތަކެއްގއި ކަސްޓަމަރުން ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.
އެގޮތުން ކޮންމެ ހަފްތާއަކު ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ހޮވުނު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިޕްޓް ހެމްޕަރތައްވެސް އެއް ވަނީ ދެވިފައެވެ.
މާލޭގެ އިތުރުން އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަ ތަކުގައި މި ޕްރޮމޯޝަންއާއި ގުޅިގެން އާއިލީ ހަވީރުތަކާއި އިތުރު ގިނަ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު