ރާއްޖެއަށް ވައިގެމަގުން އެތެރެކުރަން އުޅެނިކޮށް ދާދިފަހުން އަތުލައިގަތް 18 ކިލޯގެ ޑްރަގްގެ މައްސަލާގައި, އެތަކެއްޗާ ހަވާލުވާންދިޔަ ބިދޭސީ މީހާގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެ ފުލުހުން އޭނާ ދޫކޮށްލައިފި އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ އިންޑިއާގެ ބެންގަލޫރު މަގުން ރާއްޖެ ގެނަައި އެއާ ކާގޯ ޝިޕްމަންޓުގައި 18.62 ކިލޯ ހުރި އެ މަސްތުވާތަކެތީގެ މަގުމަތީ އަގު އުޅެނީ 26 މިލިއަން ދިވެހި ރުފިޔާގަ އެވެ.
އެ މައްސަލާގައި ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރީ އެ ތަކެއްޗާ ހަވާލުވާން ގޮސް ހުރި 35 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. ނަމަވެސް ފުލުހުން މިއަދު ބުނީ އެ މީހާއާ އެ ތަކެއްޗާ ގުޅުމެއް ނެތުމުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
އެތަކެތި އެތެރެކުރީ ކޮން ބައެއްގެ ނަމުގައި ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.
އެ ޝިޕްމެންޓް އަތުލައިގަތީ ކަސްޓަމްސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ