ފުވައްމުލަކު ސިޓީގައި ރޭ ހިނގި މާރާމާރީއެއްގައި ޒުވާނަކަށް އަނިޔާވެއްޖެއެވެ.
މިކަމުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން މިއަދު ބުނީ ފުވައްމުލަކުގައި މީހެއްގެ ގައިގާ ޖަހާ މާރާމާރީ ހިންގާފައިވާ މައްސަލައެއް ރޭ 20:54 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވެފައި ވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ. އޭނާ އަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ނޭފަތާއި އަނގަމަތި ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ކަނާތު ކޯމަތިވެސް ދުޅަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ އަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ހޯދުމަށް އައްޑޫ ސިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ