އިއްޔެ ނިޔާވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހީމް ފަރީދުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ކުރުމަށް ހަމަޖެހިއްޖެއެވެ.
ފަރީދުގެ އާއިލާގެ ފަރާތުން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ޖަނާޒާ ރާއްޖޭގައި ބޭއްވުމަށް ޝެއިހުގެ ހަށިގަނޑު ގެނައުމަށެވެ. އެކަމަކު ޝެއިހް ނިޔާވީ މެލޭޝިއާގައި ކަމުން، އެގައުމުން ރާއްޖެ ގެންނަ ކަމަށްވާ ނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ ޖަނާޒާ މެލޭޝިއާގައި ބާއްވަން ނިންމެވީއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޝެއިހް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަން އެމަނިކުފާނުގެ އާއިލާ އިން ނިންމަވާފައިވީ ނަމަވެސް އެމަނިކުފާނުގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުމަށް ވަރަށް ގިނަ ފަރާތްތަކަކުން އެދެމުން އަންނަ ކަމަށެވެ.
އަދި މި ހަފްތާގެ ހުކުރު ދުވަހުގެ ކުރިން ޝެއިހްގެ ޖަނާޒާގެ ކަންކަން މެލޭޝިއާގައި ކުރިޔަށް ގެންގޮސްފި ނަމަ، ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު ޝެއިހް ފަރީދުގެ މައްޗަށް ރާއްޖޭގައި ކަށު ނަމާދު ކުރައްވަވާ ގޮތަށް ހަމަޖައްސަވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ
ޝެއިހް ފަރީދު މެލޭޝިއާ އަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައި ކަމަށް މައުލޫމާތު އެނގޭ ބޭފުޅަކު "ހަތާވީިސް" އަށް މައުލޫމާތު ދީފައިވެއެވެ. ފަރީދު އަވަހާރަވީ އެއާޕޯޓުގައި ހުންނަވަނިކޮށެވެ. އޭނާ އެއާޕޯޓު ތެރެއަށް ވެއްޓުމާއެކު އަވަސް ފަރުވާ ވެސް ދީފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ