ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަވައިފިއެވެ.
މި އަހަރުގެ ހައްޖަށް ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި ސައުދީ ރަސްގެފާނު އަދި ދެ ހަރަމްފުޅުގެ ވެރިޔާ ސަލްމާން ބިން އަބްދުލް އަޒީޒުގެ ފަރާތްޕުޅުން ވަލީ އަހުދު ސަލްމާން ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި އެކި ގައުމުތަކުން ހައްޖަށް ވަޑައިގެންނެވި އިއްޒަތްތެރިންނާއި އަދި ރަސްގެފާނުގެ ހާއްސަ ދައުވަތަށް ހައްޖަށް ވަޑައިގެންނެވި ގައުމުތަމުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. ރައީސް މުއިއްޒު އިންނެވީ އެ ބައްދަލުވުމުގައި ވަލީ އަހުދު މުހައްމަދާއި އެންމެ އަރިހުގައެވެ.
މި ބައްދަލުވުމުގައި ރާއްޖެ އާއި ސައުދީއާ ދެމެދުގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ސައުދީ ޕްރިންސް އެޖެންސީން ބުންޏެވެ.
މިއަހަރަކީ ރާއްޖޭން ހައްޖަށް ދިޔަ ހައްޖާޖީންނަށް އެންމެ ލުއި ފަސޭހަ އިންތިޒާމުތަމެއް ހަމަޖެހިގެންދިޔަ ފަހަރެވެ. އެންމެ ބޮޑު ލުޔެއް ލިބުނީ މައްކާ އިނީޝިއޭޓިވް ރޫޓުގައި ރާއްޖެ ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދިއުމެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު